މުޖުތަމައުގެ ކުރިއެރުމާއި އިސްލާމީ ރިވެތި އަޚުލާޤާއިއެކު، ފުދުންތެރި ރައްޔިތެއް ދިރިއުޅޭ އަމާން ވެއްޓެއް ޤާއިމްވެފައިވާ، އަދުގެ ޓެކްނޮލޮޖީގެ މައްޗަށް ޚިދުމަތްތައް ބިނާވެފައިވާ ޒަމާނީ، ފެހި ސާފު ނަމޫނާ އިނގުރައިދޫއެއް ބިނާކުރުން
ރައްޔިތުންނަކީ އިސްލާމީ ރިވެތި އުޞޫލުތަކުގެ ތެރޭގައި ދިރިއުޅޭ ނަމޫނާ ބައެއްގެ ގޮތުގައި ހެދުން
ކައުންސިލްގެ ލަނޑުދަނޑި ހާސިލުކުރުމުގައި ރޭވުންތެރިކަމާއި ޙިކުމަތްތެރި ކަމާއިއެކު ރައްޔިތުންގެ ބައިވެރިވުމާއިއެކު މަސައްކަތް ކުރުން
ރަށްވެހި ޚިދުމަތްތައް ތަރައްޤީކޮށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުން
އިސްނެގުމާއިއެކު ޝާމިލުވާ ހުނަރުވެރި ޖީލެއް ބިނާކުރުން
ޒަމާނީ ވަސީލަތްތަކާއި ސަޤާފަތަށް އަހުލުވެރި ވެއްޓެއް ޤާއިމުކުރުން
އިނގުރައިދޫ އަކީ ކުށް މަދު، ރައްކާތެރި ރައްޔިތުން ހިތްހަމަޖެހޭ ފެންވަރުގެ ވަސީލަތްތަކާއި، ސާފުޠާހިރުކަމާއި، ފެހިކަމާއި، އެކަކު އަނެކަކަށް ލޯބާއި އަޅާލުމާއިއެކު އިޙްތިރާމްކުރާ ހިތްފަސޭހަ ތަނަކަށް ހެދުން