އިނގުރައިދޫގެ ކައުންސިލްގެ މުހިންމު ހަރަކާތައް ހާމަކުރުމަށް
ރ. އަތޮޅު ޤުރްއާން މުބާރާތުގައި އިނގުރައިދޫ ތަމްސީލުކުރި ބައިވެރިންގެ އަގުވަޒަންކުރުމުގެ ގޮތުން ބައިވެރިންނަށް ހަނދާނީ ލިޔުމާއި އިނާމް ދެވިފައިވެއެވެ.
މި މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ އެކިއެކި އުމުރުފުރާތަަށް ބަހާލައިގެން ބައިވެރިވެވޭ ގޮތަށެވެ. މުޅި މުބާރާތުން ވަނަވަނަޔަށް ދިޔަ ފަރާތްތަކަށް ޓްރޮފީގެ އިތުރުން ފައިސާގެ އިނާމްވެސް ދީފައިވެއެެވެ.
މި ހިނގާލުން ބާއްވާފައިވަނީ 18 އޮކްޓޫބަރު 2025 ގައެވެ. މި ހިނގާލުމުގައި އެކި މުއައްސަސާތަކުން ބައިވެރިވެފައިވެއެވެ
ހުނަރުވެރިކަމާއި، ފަންނުވެރިކަމާއި އަދި މަސައްކަތްތެރިންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކައުންސިލުގެ ފަރާތުން ބޭއްވުނު "ދަ ލޭންޑް އޮފް ކާރޕެންޓާސް އެވޯޑް ނައިޓް" ގެ ތެރެއިން.
ޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިސްރަށްވެހިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ "އުފާވެރި ރާސްތާ" ޕްރޮގްރާމް. މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ އިޖުތިމާޢީ އަދި ސިއްހީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް އިސްރަށްވެހިން ސަމާލުކަންދޭންވީ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމެވެ. އަދި އުފާވެރި މާހައުލަކުން އިސްރަށްވެހިން އެކަކު އަނެކަކާއި ބައްދަލުވެ ޚިޔާލު ބަދަލް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
ސަމީޙާ އިސްމާޢީލް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 11 މޭ 1985 ގައެވެ. ފުރަތަމަ އަދާކުރެއްވީ، އިނގުރައިދޫ އޮފީހުގެ ކާތިބާއެއްގެ ވަޒީފާއެވެ. މިވޭތުވެދިޔަ ދިގު މުއްދަތުގައި، އިނގުރައިދޫ އޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރު ކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަން ކުރައްވައިފައި ވެއެވެ. އަދި އިނގުރައިދޫ ކުޑަކަތީބު ކަމާއި، އިނގުރައިދޫ ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ.
މި ބައްދަލުވުމުގައި ކައުންސިލުގެ މަސައްކަތްތައް ރާވާ ހިންގާގޮތް ބެލުމާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ ކަންތައްތަކާއި، މަސައްކަތުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ ކަންކަން ހިއްސާކޮށް، ދެ އިދާރާގެ މަސައްކަތްތަކަށް ދެފަރާތުންވެސް އެހީތެރިވެވިދާނެ ގޮތްތަކާއިމެދު މަޝްވަރާކުރަށްވާއިފައިވޭ.