Logo
(IUL)309-AHI/309/2025/112

އިނގުރައިދޫ ކައުންސިލްގެ މަސްރޭސް 2025 އާއި ގުޅޭ

ހަމަވާ ތާރީޚް : 2025-10-30

އިޢުލާނުގެ ތަފްސީލް

އިޢުލާނުގެ ހުށައެޅުން

މިކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން މިއަހަރުވެސް މަސްވެރިންގެ ދުވަސް ރަށުފެންވަރުގައި ފާހަގަކުރުމަށްޓަކައި، ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުވާލައިގެން މަސްބޭނުމުގެ މުބާރާތެއް(މަސްރޭހެއް) ބޭއްވުމަށްވަނީ ހަމަޖެހިފައެވެ

  • މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 28 ނޮވެމްބަރު 2025 ވާ ހުކުރު ދުވަހުއެވެ.
  • މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އިނގުރައިދޫގައި ދިރިއުޅޭ ދެ ޖިންސުގެ 18 އަހަރުން މަތީގެ އުމުރު ފުރާގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެންނެވެ.
  • މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް މި އިއުލާނާއި އެކުގައިވާ ޤަވާއިދުގައި ވާނެއެވެ.
  • ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން "އިނގުރައިދޫ ކައުންސިލްގެ މަސްރޭސް 2025" ގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 25 ނޮވެމްބަރު 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
  • ފޯމް މެއިލްކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.
  • މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި ޤަވާއިދު މި ޢިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް 7600280 ނަންބަރާއި ގުޅުއްވުން އެދެމެވެ.
  • މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.