އިޢުލާނުގެ ހުށައެޅުން
މިކޮމިޓީގެ ފަރާތުން މިރަށުގެ ކަނބަލުންނަށް އަމާޒުކޮށްގެން ހާފިޘުން އުފެއްދުމުގެ މަޤްޞަދުގައި ހިފްޘް ކްލާހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިކްލާހުގައި ބައިވެރިވާން ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން "އ.ތ.މ ކޮމިޓީ ހިފްޘް ޕްރޮގްރާމް 2025" ފޯމު ފުރުއްވުމަށްފަހު 30 ނޮވެންބަރު 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމް މެއިލްކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. ފޯން ނަންބަރު: 6580028 އީ- މެއިލް: [email protected] ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.